މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ އެފަދަ ޒުވާނުން އަނބުރާ މުޖުތަމައުގެ ތެރެއަށް ނެރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ މިހިނދުން މިހިނދަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު މުޙައްމަދު ގޮވާލައްވައިފިއެވެ.
ޒުވާނުންގެ ދުވަހުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސިޔާމް މިރޭ ފޮނުއްވި ޚިޠާބުގައި ވިދާޅުވީ ޒުވާނުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހިތް ކަމަށާއި އެއީ ރައްކާތެރި މުޖުތަމަޢެއް ބިނާ ކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ފަހުލަވާނުން ކަމަށެވެ.
"އިޤްތިސާދީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށްޓަކައި، ހުރިހާ ޒުވާނުން ވެސް ވަޒީފާތަކަށް ނުކުތުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަމެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ދިވެހިރާއްޖެ ގެނެސްދެއްވީ ނުހަނު ބުރަ މަސައްކަތުން ކަމުގައި ވީހިނދު، މިއަދު ތި ޒުވާނުންގެ ކޮނޑުގައި އެޅިފައި އޮތީ އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ޒިންމާއެވެ." ސިޔާމް ވިދާޅުވިއެވެ.
ހަމައެއާއެކު ހުރިހާ ޒުވާނުންނަކީ ވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ، އިސްލާމް ދީނުގެ މަތިވެރި ނޫރު މިބިމުގައި ވިދަވިދާ ހުންނާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށްވުމަށް ސިޔާމް ވަސިއްޔަތް ވެސް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް