ސައުދީ އޮފިޝަލަކު އިޒްރޭލަށް ޒިޔާރަތްކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ސައުދީ އޮފިޝަލަކު ޔަހޫދީ، އިޒްރޭލަށް ޒިޔާރަތް ކުރި ކަމަށްބުނެ ބައެއް މީޑިއާތަކުން ކުރި ރިޕޯޓް ސައުދީ އަރަބިއްޔާއިން ދޮގުކޮށްފި އެވެ. ސައުދީން މިކަން ދޮގުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވާހަކަ...

23 Oct 2017 | 03:23

ސައުދީ އޮފިޝަލަކު ޔަހޫދީ، އިޒްރޭލަށް ޒިޔާރަތް ކުރި ކަމަށްބުނެ ބައެއް މީޑިއާތަކުން ކުރި ރިޕޯޓް ސައުދީ އަރަބިއްޔާއިން ދޮގުކޮށްފި އެވެ.

ސައުދީން މިކަން ދޮގުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް، ހަގީގަތެއް ނުހިމެނޭ ވާހަކަތަކެއް ކަމަށާއި ސައުދީން އެހެން ގައުމުތަކާއިއެކު ގުޅުން ބާއްވަނީ ފާޅުގައި، އެއްވެސް ކަމެއް އޮޅުވާލުމެއް ނެތި ކަމަށެވެ.

މީޑިއާތަކުގައި މިދިޔަ ހަފްތާ ބަންދުގައި ފެތުރިގެންދިޔަ ހަބަރަކީ ނިމިދިޔަ ހަފްތާގެ ތެރޭގައި ސައުދީ އޮފިޝަލަކު އިޒްރޭލަށް ޒިޔާރަތްކޮށް ކޮންމެވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް