އައިސްލޭންޑާއި ގުރީންލޭންޑަށް ނަންކިޔުނުގޮތް !؟

އައިސްލޭނޑާއި ގުރީންލޭންޑަށް ނަންކިޔުނު ގޮތާމެދު އެތައްބައެއްގެ ހިތުގައި އަންނަނީ ސުވާލު އުފެދެމުންނެވެ. މިކަމާ ގުޅިގެން "މީމް" ތަކެއްވެސް މަޝްހޫރުވެގެން އުޅުނެވެ. އައިސްލޭންޑަކީ އެޓްލާންޓިކް ކަނޑާއި ...

22 Oct 2017 | 23:02

އައިސްލޭނޑާއި ގުރީންލޭންޑަށް ނަންކިޔުނު ގޮތާމެދު އެތައްބައެއްގެ ހިތުގައި އަންނަނީ ސުވާލު އުފެދެމުންނެވެ. މިކަމާ ގުޅިގެން "މީމް" ތަކެއްވެސް މަޝްހޫރުވެގެން އުޅުނެވެ.

އައިސްލޭންޑަކީ އެޓްލާންޓިކް ކަނޑާއި އާރޓިކް ކަނޑާ ދެމެދު އޮންނަ ގައުމެކެވެ. މިއީ ޔޫރަޕްގެ އެންމެ ހުޅަނގަށް އޮންނަ ގައުމެވެ. ބޮޑުމިނުގައި  101186 އަކަކިލޯމީޓަރު ހުންނައިރު ގަނޑުފެނުން ފުރިފައިވަނީ ގާތްގަ ނޑަކަށް 7250 އަކަކިލޯމީޓަރެވެ. މިއީ ގާތްގަނޑަކަށް އައިސްލޭނޑުގެ 07% އެވެ.

ގުރީންލޭންޑުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2175600 އަކަކިލޯމީޓަރެވެ. މިތަނުގެ 83%ގައިވަނީ ދާއިމީކޮށް ގަނޑުފެންހެދިފައެވެ. ކަންމިހެން އޮތްއިރު އައިސްލޭންޑަށް އައިސްލޭންޑުކިޔުނީ އަދި ގުރީންލޭންޑަށް ގުރީންލޭންޑޭ ކިޔުނީ ކިހިނެއްބާއެވެ؟

ބުނެވޭގޮތުގައި އަދި ހޯދުންތަކުން އެނގިފައިވާގޮތުގައި އައިސްލޭންޑުގައި ފުރަތަމަ އުޅުނީ އަޔަރލޭންޑުގެ ފާދިރީންތަކެކެވެ. އެމީހުން އެރަށް ދޫކޮށްދިޔައީ އެރަށުގައި އެހެންބަޔަކު ރައްވެހިވުމުގެ ސަބަބުންނެވެ. މިގޮތުން އެންމެ ފުރަތަމަ އައިސްލޭންޑަށް ދިޔަމީހެއް ކަމުގައި ބެލެވެނީ ނާޑޯޑް ކިޔާމީހެކެވެ. މީނާ މިރަށަށް ދިންނަމަކީ "ސްނޯލޭންޑް" އެވެ. ނަމަވެސް ނާޑޯޑް އައިސްލޭންޑުގައި މަޑުކުރީ މަދު ދުވަސްކޮޅަކުއެވެ. އޭގެ ފަހުން ގާތަރއޭ ކިޔުނުމީހަކު މިރަށަށް އައިކަމަށްވެއެވެ. މީނާއަކީ މިރަށުގައި މުޅިފިނިމޫސުން އެއްކޮށް އެންމެ ފުރަތަމަ ހޭދަކުރި މީހާކަމުގައި ބުނެވެއެވެ. މިދުވަސްވަރުގައި އައިސްލޭންޑް ވަށާ ދުއްވައި އެއީ ވަކި ގައުމެއްކަން ޔަޤީންކޮށް އޭނާ ފުރީ ގާތަރުގެ ރަށުގެ ނަމުން އެރަށަށް ނަންދީފައެވެ. ނަމަވެސް މީނާ ފުރިއިރު މިދަތުރުގައި މީނާއާއެކު ބައިވެރިވި އެކަކު ދެއަޅުންނާއެކު އައިސްލޭންޑްގައި މަޑުކުރިކަމަށް ބުނެވެއެވެ. ނަމަވެސް އެއީ މަދުދުވަސްކޮޅަކަށެވެ.

މިރަށަށް "އައިސްލޭންޑު" މިނަން ދިންމީހާކަމުގައިވާ ހްރާފްނާ ފްލޮކީ ވިލްޖްރާސަން މިރަށަށް އައީ މިއަށް ފަހުއެވެ. މިއީ ނޯރވޭގެ ރައްވެއްސެކެވެ. އެނާ އާއިލާއާއި ބައެއް ރައްޓެހިން ގޮވައިގެން އައިސްލޭންޑަށް އައީ މިރަށާބެހޭ ތަފާތު ވާހަކަތަށް އަޑުއިވިގެންނެވެ. ނަމަވެސް ނަސީބުދެރަކަމުން އައި މަގުމަތީގައި އެނާގެ އެއް އަންހެންދަރިފުޅު ގެނބިގެންމަރުވިއެވެ. އަދި މިރަށަށް އައިއިރު ހުރި ރީތި ހިތްފަސޭހަ މޫސުން މާލަހެއްނުވެ ފިނި މޫސުމަށް ބަދަލުވިއެވެ. މިކަމުގެ ސަބަބުން ތަފާތު ދަތިތަކާދިމާވެ އެންމެފަހުން އޭނާ ގެންގުޅުނު ގެރިބަކަރި ފަދަތަކެތިވެސް މަރުވީއެވެ. ބަހާރު މޫސުމުގެ އިންތިޒާރުގައި ކެތްމަދުވެ ހުރެ އެކިކަންކަމުގައި އުޅެމުން އެހިސާބުގެ އެންމެ އުސްފަރުބަދައަށްއެރިއިރު ފްލޮކީއަށް ފެނުނީ ފަރުބަ ދަތަކުގެ ޖަންގަލީގެ މެދު ގަނޑުފެނުން ފުރިފައިވާތަނެވެ. މިރަށަށް "އައިސްލޭންޑު"ގެ ނަމުން ނަންދެވުނީ މިހިސާބުންނެވެ. ބަހާރުމޫސުން އައުމުން އަވަހަށް ނޯރވޭއަށް ފުރައިގެންގޮސް އެތަނަކީ ދިރިއުޅުމަށް ހެޔޮވާވަރުތަނެއް ނޫންކަމުގައި ފްލޮކީ ބުނިކަމަށްވެއެވެ. ނަމަވެސް ހަޤީޤަތުގައި ފްލޮކީއަށް ފެނުނީ އެބޮޑު ގައުމުގެ މަދުބައެކެވެ. ކުރިން ބުނެވުނު 07% ގެ ތެރެއިންބައެކެވެ. އައިސްލޭންޑު އާބާދުވާން ފެށީ ފްލޮކީއަށްފަހު އައި އިންގޮލްފްރ އަރްނަރސަންގެފަހުންނެވެ.

ގުރީންލޭންޑަށް އެނަން ދިނީ ހަމަ ނޯރވޭއަށް އުފަން ދަރިއެއްކަމުގައިވާ އެރިކް ތޯރވަ ލޑްސަން އެވެ. މަޝްހޫރުވެފައި ވަނީ "އެރިކް ދަ ރެޑް"ގެ ނަމުންނެވެ. މިކަންވީގޮތް ދަންނައެވެ.

އެރިކްގެ ބައްޕަ މީހުންމެރުމުގެ ކުށުގައި މުޅި އާއިލާ ޤައުމުން ބޭރުކުރިއެވެ. މިބައިމީހުން ދިރިއުޅުން ދެންފެށީ އައިސްލޭޑުގައެވެ. މިތާދިރިއުޅެމުންދަނިކޮށް އެރިކްގެ އެކިއެކިމައްސަލަތަކެއްޖެހި އެންމެފަހުން އޭނާވެސް މީހުން މެރުމުގެ ކުށުގައި ތިން އަހަރަށް ޤައުމުންބޭރު ކޮށްލިއެވެ. މިދުވަސްވަރުގެ ބޭނުން އޭނާކުރީ ދަތުރުކުރުމަށެވެ. ތިން އަހަރު ހަމަވުމުން އެނބުރިއައިސް އޭނާ ދަތުރުކުރިއިރު ފެނުނު ރީތި ރަށެއްގެ ވާހަކަދައްކަންފެށިއެވެ. މިރަށަށް "ގްރީންލޭންޑު"ގެ ނަމުން ނަންދީ އެރަށުގެ ރީތިކަމާއި ނަލަކަމާއި އައިސްލޭންޑާއި ބަލާއިރު ދިރިއުޅުންފަސޭހަވާނެވަރު ކިޔައިދީ މީސްތަކުންގެ ހިތްތަށް މިއާރަށަށް ޝައުގުވެރި ކުރުވިއެވެ. އަދީ މީނާގެ މިކަންކާމިޔާބުވެ ވަރަށް ގިނަބަޔަކު އެރިކްއާއެކު ގްރީންލޭންޑަށް ދިރިއުޅުން ބަދަލު ކުރިއެވެ.

މިއަދު ގުރީންލޭންޑުގެ އާބާދީއަކީ ގާތްގަނޑަކަށް 56500 އެވެ. އަދި އައިސްލޭންޑުގެ އާބާދީއަކީ ގާތްގަ ނޑަކަށް 334800 އެވެ. އަދި މިދެޤައުމުގެ ދުރުމިނަކީ 1210 ކިލޯމީޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް