ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު އެ މަގާމުން ވަކި ކޮށްފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާ ހަރުދަނާކޮށް ހިންގެވުމުގެ ގޮތުން ބައެއް ބަދަލުތައް ގެންނަވައިފި ކަމަށެވެ.
މިގޮތުން މި ގެންނެވި ބަދަލުތަކަކީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޢަރީފު، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް ހަވާލުކުރެއްވުމާއި؛ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙަންމަދު ޞާދިޤު މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރގެ ނައިބުގެ މަޤާމަށް ބަދަލުކުރެއްވުމާއި؛ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޙަސަން ޙަބީބު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބަދަލުކުރެއްވުމާއި؛ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޙުސައިން ވަޙީދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ބަދަލުކުރެއްވުން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް