ގަހެއްގެ ހުރިހާ މޫތަކެއް ކޮށާލީމާ ބަލިކަށިވާނެ ވަރު މިއަދު ރައީސް ޔާމީނަށް އެނގޭނެ ކަމަށާއި ކުރިމަތިވެފައިވާ ޗެލެންޖު ހެކިދޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ހަމަ އެ ޓްވީޓާއެކު އިތުރު ޓްވީޓެއް ކޮށްފައިވާއިރު ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ މިއަދު ވަށައިގެން ތިބީވެސް އަމިއްލަ ބައެއް ނޫން ކަމަށާއި ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕު ތެރޭގައި ފާޅުގައި "ޑިފެކްޝަން" ވަނީ އިއުލާނު ކޮށްފައި ކަމަށެވެ.
ނައިބު ރައީސް ކަމުން ދުރުކުރުމުން އާއިލާއާއެކު ޑރ. ޖަމީލް އުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. ސިޔާސީ މައިދާނުގައި ބަހެއް ވިދާޅުނުވެ ހިމޭނުން ހުންނެވުމަށްފަހު ޑރ. ޖަމީލުގެ ޓްވީޓްތައް އިތުރުވެފައިމިވަނީ ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއެކު މިހާރު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް