ވަގަށް ނަގާފައި ކަމަށް ވެލެވޭ ފޯނެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވަގަށް ނަގާފައި ކަމަށް ބެލެވޭ ފޯނެއް ވިއްކަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2015 އޮކްޓޯބަރ މަހު 21 ވަނަ ދުވަހުގެ 20:30 ހާއިރު މާރުކޭޓު ސަރަހައްދުން ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ނޮކިއާ 105 ގެ ފޯނެއް ފެނިފައިވާކަމަށާއި މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް