ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިވަގުތު އެ މަނިކުފާނު ހުންނެވީ ސިންގަޕޫރުގައި ކަމަށް މައުލޫމާތު ލިބެ އެވެ. އެ މަނިކުފާނު މާދަމާ ވަޑައިގަންނަވާނެކަމަށް ވިދާޅުވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި އަދީބު ވިދާޅުވެފައިވަނީ މާދަމާ ރާއްޖެވަޑައިގަންނަވާއިރު ޗައިނާއާއެކު ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.
https://twitter.com/Ahmed_Adeeb/status/657421015270735872
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް