ދިވެހި ރާއްޖެއާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ލަންކާގެ އިންތިޚާބީ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ރައީސް، ކުރެއްވި ތަހުނިޔާގެ ޕޯސްޓަށް އެކްސްގައި ޖަވާބުދެއްވަމުންނެވެ.
ރާއްޖޭގެ ރައީސްގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ އިންތިޚާބުގައި ހޯއްދެވި ތަފާތު ނަތީޖާއަށް މަރުހަބާ ދަންނަވާކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ އެ މެސެޖަށް ދެއްވ ޖަވާބުގައި ޝުކުރު ދަންނަވައި ލަންކާގެ އިންތިޚާބީ ރައީސް ވިދާޅުވެފައިވަނީ ދެ ގައުމުގެ ގުޅުމާއި އަދި ސަރަހައްދީ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް