ރައީސް މައުމޫން، ސްރީލަންކާގެ އައު ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ

އޮފީސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި މިއަދު ރައީސްކަމުގެ ހުވާ ކ...

23 Sep 2024 | 12:59

އޮފީސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި މިއަދު ރައީސްކަމުގެ ހުވާ ކުރެއްވި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

"އެކްސް" މެދުވެރިކުރައްވައި މިއަދު ރައީސް މައުމޫން ކުރެއްވި ޕޯސްޓުގައި، ރައީސް އަނުރަ ކުމާރަ ދިސާނަޔަކަގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ރައީސް މައުމޫން ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސް ދިސާނަޔަކައަށް އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ރައީސް މައުމޫން ވަނީ ރައީސް ދިސާނަޔަކަގެ ކުރިއަށް އޮތް ރިޔާސީ ދައުރުގައި، ސްރީލަންކާ އަދި ސްރީލަންކާ ރައްޔިތުންނަށް އިތުރު އަމާންކަމާއި، ތަރައްޤީއަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް