ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުރަހީމް ވެސް އިތުބާރު ނުކުރައްވާ ކަމަށް މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
މެންބަރު ސުޖާއުގެ ރާގު ބަދަލުވެގެން އުޅުއްވަނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް ހުއްޓި ދާނެތީ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަލީހު ވިދާޅުވީ، ޕީޖީ ލީޑަރުކަން ސުޖާއުއަށް ނުދީ ފަލާހުއަށް ދިނުމަށް ނިންމީ ރައީސް މުއިއްޒު އަދި އަބްދުއްރަހީމްވެސް ސުޖާއުއަށް އިތުބާރު ނުކުރައްވާތީ ކަމަށެވެ.
"ޝުޖާއުއަކީ ޕީޕީއެމް ޑޭޓާ ބޭސް އެމްޑީޕީއަށް ވިއްކި ޚާއިނެއް" މަލީހު ވިދާޅުވިއެވެ.
މަލީހު މިހެން ވިދާޅުވެފައިމިވަނީ އާދިއްތަ ދުވަހު ރައީސް ޔާމިންއާއި ގުޅިގެން ސުޖާއު އެކްސްގައި ކުރެއްވެވި ޕޯސްޓަކާއި ގުޅިގެންނެވެ. ސުޖާއު އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ، ރައީސް މުއިއްޒު އދ އަށް ތަގުރީރު ކުރައްވަން ދިޔުމުން އެކަން ރައީސް ޔާމިނަށް ހަޖަމް ނުކުރެވިގެން އުޅުއްވާ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމިންއަށް އދ އަށް ނުދެވުނީ ރައީސް ޔާމިން ގެ ކަންނެތް ކަމުން ކަމަށްވެސް އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް