ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެން...

23 Sep 2024 | 06:14

ދުވަހުގެ މޫސުމަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ރާއްޖޭގެ އެކި ހިސާބަށް މިއަދު ކެރީގެ އަސަރު ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި މެންދުރުކުރިން މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

"ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިއަދު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް