އުރީދޫ ކްލަބް ޕްރިމިއަރގައި ބައިވެރިވެގެން އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު

އުރީދޫ ކްލަޕް ޕްރިމިއަރ މެމްބަރަކަށް ވުމުން އެންމެ ފަހުގެ އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އުރީދޫއިން ބުނެފައިވަނީ މި ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ...

23 Sep 2023 | 18:50

އުރީދޫ ކްލަޕް ޕްރިމިއަރ މެމްބަރަކަށް ވުމުން އެންމެ ފަހުގެ އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އުރީދޫއިން ބުނެފައިވަނީ މި ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ޕޯސްޓްޕެއިޑް ޕްލޭން 1000 އަށް އަޕްގްރޭޑް ކޮށްލުމުން ކްލަބް ޕްރިމިއަރގައި ބައިވެރިވެވި، މި ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކްލަބް ޕްރިމިއަރގެ މިހާރުގެ މެންބަރުންނާއި އަލަށް ބައިވެރިވެލައްވާ މެންބަރުންނަށް މި ފުރުސަތު ލިބިގެންދާނެކަމުގައިވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ ކްލަބް ޕްރިމިއަރ ޚިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ޚާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ޚާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް