ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ ޓްރޭޑްމާކެއްގެ ގޮތުގައި ނުވަތަ ވިޔަފާރީގެ އިޝްތިހާރުގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކޮށްފިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ ހޮނިހިރު ދުވަހު ފާހަގަކުރާ 93 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ ބޭނުންކުރާނެ އުސޫލެއް ދާޚިލީ ވުޒާރާއިން ނެރެފިއެވެ.
ތިރީގައި މިވަނީ ދިދަ ބޭނުންކުރުމާ ގުޅޭ ގައިޑްލައިންތަކެވެ.
- ދިދަ ، އެއްޗެހި ބަނދެ، އުފުލުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ އެވެ.
- ފަނޑުވެފައިވާ ނުވަތަ ހަލާކުވެފައި ހުންނަ ދިދައެއް ނެގުމަކީ މަނާ ކަމެކެވެ.
- ގައުމީ ދިދަ ޓްރޭޑްމާކެއްގެ ގޮތުގައި، ވިޔަފާރީގެ އިޝްތިހާރުގެ ބޭނުމަށް ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން އެއްވެސް ބޭނުމެއްގައި ބޭނުންކޮށްގެން ނުވާނެ އެވެ.
- ދިދަ، އެއްވެސް ސިފައެއްގައި ވިޔަފާރީގެ މެޓީރިއަލްއެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ އެއްޗެކެވެ.
- ޖަނަވާރުންގެ ހަށިގަނޑުގައި ދިދަ ހަރުކޮށްގެން ނުވަތަ ޕްރިންޓް ކޮށްގެން ނުވާނެ އެވެ.
- ދިދަ ބަހައްޓަންޖެހޭނީ ހަލާކު ނުވާނޭފަދަ ތަނެއްގައި، ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށެވެ.
- ބޭނުންކުރުމަށްފަހު ނައްތާލަން ބޭނުންވާ ތަކެއްޗަށް ޕްރިންޓްކުރުން ފަދަ އެއްވެސް ގޮތަކަށް ދިދަ ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އެ ދިދައަށް އިހާނެތިކޮށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ބޭނުންކޮށްގެން ނުވާނެ އެވެ.
- ދިދައިގައި އެއްވެސް ލަފުޒެއް، ލޯގޯއެއް ނުވަތަ ކުރެހުމެއް އޮވެގެން ނުވާނެއެވެ.
- ދިދައިގެ ކަންތައް ޒީނަތްތެރިކޮށްގެން ނުވަތަ އެއްވެސް ގޮތަކުން އިތުރުކޮށްފައި ނުވުން
- އެކޮޅު ކޮޅުން ސައޫދީ ދިދަ އުފުލައިގެން ނުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް