"އިންގިލާބެއް ގެނެވިދާނެ" ސޫދާންގެ އަސްކަރިއްޔާގެ ވެރިޔާ

ރެޕިޑް ސަޕޯޓް ފޯސަސްގެ ވެރިޔާއާ އެކު ޖަޒީރާގައި ކުރިއަށް ގެންދާ ހަނގުރާމައިގެ މަޝްވަރާތަކަކީ ނާދިރު މަޝްވަރާތަކެއް ކަމަށާއި އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ނަން ދީފައިވާ ޖަމާއަތެއް ކަމަށް ސޫދާނު...

23 Sep 2023 | 18:26

ރެޕިޑް ސަޕޯޓް ފޯސަސްގެ ވެރިޔާއާ އެކު ޖަޒީރާގައި ކުރިއަށް ގެންދާ ހަނގުރާމައިގެ މަޝްވަރާތަކަކީ ނާދިރު މަޝްވަރާތަކެއް ކަމަށާއި އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ނަން ދީފައިވާ ޖަމާއަތެއް ކަމަށް ސޫދާނުގެ އަސްކަރިއްޔާގެ ލީޑަރު އަލްޖަޒީރާއަށް ވިދާޅުވެއްޖެ އެވެ.

ސޫދާނުގައި ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކަށް ހަ މަސް ދުވަހަށް ވާން ގާތްވެފައިވާއިރު، އެ ގައުމުގެ ޑި ފެކްޓޯ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން ވަނީ މި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

އޭނާގެ އަސްކަރިއްޔާއާއި ވާދަވެރި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހަނގުރާމަ ފެށުނީ ޕެރަމިލިޓަރީ ގްރޫޕް އެއްކޮށްލުމަށް ރާވާފައިވާ ކަމުގެ ތުހުމަތުގައި، ކުރީގެ ޒަމާންވީ ވެރިކަން ކުރެއްވި އުމަރު އަލް ބަޝީރު އާންމުންގެ ބަޣާވާތަކުން މަގާމުން ދުރުކުރިތާ ހަތަރު އަހަރު ފަހުންނެވެ.

ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ނުގެންދެވި، ދެ ފަރާތުން ވެސް ވަނީ އަނެއް ގައުމަށް ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އަލް ބުރުހާން ވިދާޅުވީ ޖިއްދާގައި އެމެރިކާ އާއި ސައޫދީ އަރަބިއްޔާގެ މެދުވެރިކަމާއެކު ކުރިއަށް ގެންދާ މަޝްވަރާތައް އަދިވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ނިއުޔޯކްގައި ހުންނަ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އަސްކަރީ ލީޑަރު ވަނީ އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން އާންމުން ގެދޮރު ގެއްލިފައިވާ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ސުލްހަވެރި ގަރާރެއް ގެނައުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް