އޭޝިއަން ގޭމްސްއަށް ޗައިނާއިން ބައެއް އެތުލީޓުންނަށް ބާތިލް ވިސާ ދޫކުރަން ނިންމުމާ ގުޅިގެން އިންޑިއާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އިންޑިއާ އިން މިހެން ބުނެފައި މި ވަނީ، މި މުބާރާތް ހަންގްޒޫގައި ފެށުމުގެ އެއް ދުވަސް ކުރިން ނެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އަރޫނާޗަލް ޕްރަދޭޝް ސްޓޭޓްގެ ވޫޝޫ ފައިޓަރުންގެ ގޮތުގައި ވާދަކުރާ މި ތިން އެތުލީޓުންނަށް ސްޓޭމްޕް ޖެހުމުގެ ބަދަލުގައި ސްޓޭޕަލްޑް ވިސާ ދޫކޮށްފައިވާ ކަމަށެވެ.
ސްޓޭޕްލްޑް ވިސާ އަކީ ސައްހަ ވިސާއެއް ކަމަށް އިންޑިއާއިން ގަބޫލެއް ނުކުރެ އެވެ. އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ އެތިކްސް ކޮމިޓީގެ ޗެއާމަން ވެއި ޖިޒޮންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެތުލީޓުން ވަނުމަށް ޗައިނާއިން ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.
ލޫޒް ކަރުދާސްކޮޅުގައި ވިސާ ދޫކުރުމުގެ އާދައަކީ ދެ ގައުމުގެ ބޯޑަރު ކައިރީގައި އޮންނަ އަރޫނާޗަލް ޕްރަދޭޝްގެ މައްޗަށް އިންޑިއާގެ އިސްތިގުލާލާ މެދު ޗައިނާއިން ސުވާލު އުފައްދަމުން އަންނަ ކަމެކެވެ.
އެކަމާ ދެކޮޅަށް އިންޑިއާގެ ކުޅިވަރާ ބެހޭ ވަޒީރު އަނޫރާގް ތާކޫރު ގޭމްސްއަށް ކުރެއްވި ދަތުރުފުޅު ކެންސަލް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންޑިއާގެ އެތުލީޓުންނާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުކުރު ދުވަހު ވިދާޅުވީ ޗައިނާ ސަރުކާރުން ދުވަހަކުވެސް އެސްއޯ އަރޫނާޗަލް ޕްރަދޭޝް ބަލައިގެންފައި ނުވާ ކަމަށާއި ދެކުނު ޓިބެޓް ސަރަހައްދަކީ ޗައިނާގެ ސަރަހައްދުގެ ބައެއް ކަމަށެވެ.
މިކަމާ ގުޅިގެން އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަނާއި ވޫޝޫ އެސޯސިއޭޝަން އޮފް އިންޑިއާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަރުނާޗަލް ޕްރަދޭޝްއަކީ ޗައިނާގެ ދެކުނު ޓިބެޓްގެ ބައެއް ކަމަށް ބުނެ އެ ސްޓޭޓްގެ ރައްޔިތުންނަށް ބެއިޖިން އިން ސްޓެޕްލްޑް ވިސާ ވަނީ ދޫކޮށްފަ އެވެ. އަރޫނާޗަލް ޕްރަދޭޝްއަކީ އަބަދުވެސް އިންޑިޔާގެ ބައެއް ކަމަށް ބުނާ ބުނުން ނިއު ދިއްލީން ވަނީ ވަރަށް ބޮޑަށް ދޮގުކޮށްފައެވެ.
ޗައިނާއާއި އިންޑިޔާއަކީ 1962 ވަނަ އަހަރު ދެޤައުމުގެ މެދުގައި އުފެދިފައިވާ ހިމާލިޔާގެ ބޯޑަރުގެ މައްސަލައިގައި ހިނގި ހަނގުރާމައަށްފަހު އެތައް ޒަމާނެއް ވަންދެން ނުތަނަވަސްވެފައިވާ އަވަށްޓެރި ދެ ޤައުމެވެ. 2020 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ޝަހީދުވުމާ ގުޅިގެން ގުޅުން ހީނަރުވި އެވެ.
މިއަހަރު ޗައިނާއިން ވަނީ އަރޫނާޗަލް ޕްރަދޭޝްގެ 11 ތަނަކަށް ޗައިނާގެ ނަން ދީގެން ނުތަނަވަސްކަން އިތުރުކޮށްފައެވެ.
45 ގައުމަކުން 12،000 އަށް ވުރެ ގިނަ އެތުލީޓުން 40 ކުޅިވަރު ޕްރޮގްރާމްގައި ވާދަކުރާއިރު، ކޮވިޑް-19 އާ ގުޅިގެން އަހަރެއްހާ ދުވަސް ލަސްކުރުމަށް ފަހު 19 ވަނަ އޭޝިއަން ގޭމްސް ހޮނިހިރު ދުވަހު ހަންގްޒޫގައި ވަނީ ހުޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް