ގާސިމްގެ ރަނިންމޭޓް ޑރ. އަމީން އާއެކު ޖޭޕީގެ އިސް ސަފުން ގިނަ ބައެއްގެ ތާއީދު ރައީސް ސޯލިހަށް

މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އާއެކު ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު މިރޭ ރައީސް ސޯލިހަ...

23 Sep 2023 | 17:45

މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އާއެކު ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު މިރޭ ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

އެގޮތުން މިރޭ އެމްޑީޕީއިން ސޯސަން ޖަގަހައިގާ ބޭއްވި ޖަލްސާގައި ޑރ. އަމީންގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި އިތުރު ބައެއް ފަރާތްތައް ވަނީ އެ ޖަލްސާގައި ބައިވެރިވެ ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.

މިރޭ ޑރ. އަމީންގެ އިތުރުން ގިނަ ބަޔަކު އެކަން ހާމަކޮށްފައިވާއިރު ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދާއި ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދުވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

މި ފަރާތްތަކުން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށެވެ. އަދި އާންމު މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް