ޑރ. ޖިހާދު، ޑރ.އިރުތިޝާމް، މުޣްނީ ހިމެނޭހެން ޖޭޕީގެ އިސް ސަފުން ފެނުނު ގިނަ ބަޔަކު ޕީޕީއެމް އަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ޑރ. ޖިހާދާއި، ޑރ. އިރުތިޝާމް އާދަމް އާއި ހަސަން މުޣްނީގެ އިތުރުން ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު މިރޭ ޕީޕީއެމ...

23 Sep 2023 | 17:21

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ޑރ. ޖިހާދާއި، ޑރ. އިރުތިޝާމް އާދަމް އާއި ހަސަން މުޣްނީގެ އިތުރުން ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު މިރޭ ޕީޕީއެމް އާއި ގުޅިއްޖެއެވެ.

އެ ފަރާތްތަކުން ޕީޕީއެމް އާއި ގުޅިފައިވާކަން އިއުލާނުކޮށްފައިވަނީ ގިރާވަރު ކޮމިއުނިޓީއާއެކު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ބާއްވަމުން ގެންދަވާ ކެމްޕޭނު ޖަލްސާގައެވެ.

އެ ފަރާތްތަކުގެ އިތުރުން ޑރ. ނާޒް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާމީންގެ އިތުރުން ޖޭޕީގެ ގިނަ ބަޔަކު ޕީޕީއެމް އަށް ސޮއި ކުރައްވާފައިވެއެވެ. މީގެ އިތުރުން ޖޭޕީއިން ވަކިނުވެ ތިބެވެސް ބަޔަކު ވަނީ މިރޭ ޑރ. މުއިއްޒު އެންޑޯޒް ކުރެއްވިކަން އިއުލާނު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް