ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގެ ތެރެއިން އެމްޑީޕީއިން މުޅި ރާއްޖޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
އެގޮތުން އެ ޕާޓީން ބުނެފައިވާގޮތުގައި މި ޙަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މާލޭގައި އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރަނިންގ މޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވަނީ އައްޑޫ ސިޓީގައި ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މި ޙަރަކާތުގައި ގިނަ ޢަދަދެއްގެ މެމްބަރުންނާއި، ކައުންސިލަރުން އަދި އެމްޑީޕީގެ އާންމު މެންބަރުންވެސް ވަނީ ބައިވެރިވެފައިއެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވިދާޅުވިގޮތުގައި މި ޙަރަކާތުގެ ތެރެއިން އެނގިގެން ދިޔައީ ދެވަނަ ބުރަކަށް އެމްޑީޕީއިން ނިކުމެ ތިބީ ގަދަކޮށް ކަމަށެވެ. އަދި މުޅި ރާއްޖޭގެ މި ޙަރަކާތުން ފާހަގަވި އަނެއް ކަމަކީ ދިވެހިން އަނިޔާވެރިކަމަށް ދެންވެސް ބުނާނީ ނޫނެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް