ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކަށް، މި އަަހަރު ނިމުމުގެ ކުރިން ޗައިނާ ވާނެ: މިނިސްޓަރު

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކަށް، މި އަަހަރު ނިމުމު ކުރިން ޗައިނާ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މައުސޫމް ވިދާޅުވީ، ...

23 Sep 2023 | 07:28

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކަށް، މި އަަހަރު ނިމުމު ކުރިން ޗައިނާ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ވިދާޅުވީ، ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު، ބާރު ސްޕީޑެއްގައި އިތުރުވަމުން ދާ ކަމަށެވެ. މިވަގުތު ޗައިނާ ފަތުރުވެރިން އަންނަ ނިސްބަތް އުޅެނީ ރަޝިޔާއަށް ވުރެ1.5 އިންސައްތަ ދަށުގައި ކަމަށާއި، އަދި އިންޑިޔާއަށްވަރު0.8 އިންސައްތަ ދަށުގައި ކަމަށް މައުސޫމް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހާ ހަމައަށް ބަލާއިރު، މިއަހަރު ރާއްޖެ އަހިސްފައި ވަނީ1312088 ފަތުރުވެރިންނެވެ.

މި މަހުގެ މިހާތަނަށް ރާއްޖެ އަހިސްފައި ވަނީ 82007 ފަތުރުވެރިންނެވެ. އެއީ އެވްރެޖްކޮށް ދުވާލަކަށް4100 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން އާއްމުކޮށް ރާއްޖޭގައި މަޑުކުރަނީ ހަފްތާއަކު ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ލިސްޓުގެ އެއްވަނައިގައި،11.7 އިންސައްތަ އާއެކު ވަނީ ރަޝިޔާއެވެ.11 އިންސައްތައާއެކު މި ލިސްޓުގެ ދެވަނައިގައި އިންޑިޔާ އަދި ތިންވަނައިގައި ވަނީ ޗައިނާއެވެ. ޗައިނާ ފަތުރުވެރިން އަހިސްފައިވާ އިންސައްތަ އަކީ10.2 އެވެ.

އޭގެ އިތުރުން މި ލިސްޓުގައި ދެން ހިމެނެނީ، ޔޫކޭ، ޖަރމަނީ، އިޓަލީ، ޔޫއެސްއޭ، ފްރާންސް، ސްޕެއިން އަދި ސްވިޒަލެންޑްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް