ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުން 11 ހާހަށްވުރެ ގިނަ ފޯމު ސައްހައެއް ނުވި

ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 11 ހާހަށްވުރެ ގިނަ ފޯމު ސައްހަ ނޫންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭ...

23 Sep 2023 | 06:02

ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 11 ހާހަށްވުރެ ގިނަ ފޯމު ސައްހަ ނޫންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 11284 ފޯމު ސައްހަ ނުވެ ރިޖެކްޓް ކުރެވިފައިވާކަމަށެވެ.

ރިޖެކްޓް ކުރަން ޖެހުނު ސަބަބުތަކުގެ ތެތޭގައި ހިމެނެނީ އޮންލައިންކޮށް ފޯމު ހުށަހެޅި އިރު ލައިވް ފޮޓޯގެ މައްސަލައާއި އައިޑީ ކާޑުގެ އެއް ފަރާތް ހުށަހަޅާފައިވުމާއި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ހުށަހެޅުމާއި މިފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.

އިލެކްޝަނުން ހާމަކޮށްފައިވާގޮތުގައި ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރުމަށް 50047 ފޯމު ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 11282 ރިޖެކްޓް ކުރުމުން 38763 ވަނީ ރީ ރަޖިސްޓަރ ކޮށްފައެވެ. އަދި މިހާރު ޝަކުވާއަށް ހުޅުވާލާފައިވާއިރު އެ މުއްދަތު މިރޭ 09:00 އަށް ހަމަވާއިރު ފަރުދީ ޒިންމާ އަދާކުރައްވާ ތިމާ ވޯޓުލާ ފޮށި ބަލާ ކަށަވަރު ކުރުމަށް އިލެކްޝަންސް އިން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް