ހިޔާލު ހޯދަން ރައްޔިތުން ގާތު އަހަންވީ ކޮން ސުވާލެއްކަން މަޖިލީހުން ބުނެފައެއް ނުވޭ: އިލެކްޝަންސް

ނިޒާމާއި ގުޅޭގޮތުން ނަގާ ވޯޓުގައި އަހަންވީ ސުވާލު ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނުގައި ބުނެފައިނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރ...

23 Sep 2023 | 05:40

ނިޒާމާއި ގުޅޭގޮތުން ނަގާ ވޯޓުގައި އަހަންވީ ސުވާލު ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނުގައި ބުނެފައިނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ވިދާޅުވީ އެ ގަރާރު މަޖިލީހުން ފާސްކޮށް އެ ގަރާރާއެކު ވޯޓު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވާ ސިޓީފުޅެއް ލިބިފައިވާކަމަށެވެ.

"އާންމު ވޯޓެއް ނަގާއިރު ނަގާ މައުލޫއަކީ ކޮބައިކަން، ސުވާލަކީ ކޮބައިކަން އެނގެންޖެހޭ، އެ ސުވާލު ނެތް ލިބިފައެއް" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެހެންކަމުން އެ ސުވާލަކީ ކޮބައިކަން މަޖިލީހުން ފާސްކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާދިނުމަށް މިހާރު އެދިފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް