އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ޔުނިވަރސިޓީ/ކޮލެޖް ފުޓްސަލް މުބާރާތް ކަމަށްވާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ. މޯލްޑިވްސް ނޭޝ...

23 Sep 2023 | 04:55

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ޔުނިވަރސިޓީ/ކޮލެޖް ފުޓްސަލް މުބާރާތް ކަމަށްވާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ދޭ ހުރިހާ މުއައްސަސާއެއް އެއްތަނަކަށް އެއްކޮށް ބާއްވާ ކުލަގަދަ މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ ޔުނިވަރސިޓީން ބޭރުގައި ޓީމްވޯކް ދަސްކޮށް، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދީ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

21 ސެޕްޓެންބަރުން ފެށިގެން 6 އޮކްޓޫބަރު 2023 އަށް ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ފިރިހެން އަދި އަންހެން ޑިވިޝަންގެ 30 އަށް ވުރެ ގިނަ ޓީމު ބައިވެރިވެއެވެ.

ދިރާގުން މައުލޫމާތުދެއްވާގޮތުގައި ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް