17 ވަނަ، ކޯޕަރޭޓް ރެޖިސްޓާރސް ފޯރަމް ޕެރަޑައިސްގައި ފެށިގެން ކުރިއަށް

17 ވަނަ، ކޯޕަރޭޓް ރެޖިސްޓާރސް ފޯރަމް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފެށިގެން ކުރިއަށް އެބަދެއެވެ. ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމް (ސީ.އާރ.އެފް) އަކީ ބައިނަލްއަގްވާމީ ކޯޕަރޭޓް ރެޖިސްޓްރީތަށް އެކުލެވިގެން...

23 Sep 2022 | 16:18

17 ވަނަ، ކޯޕަރޭޓް ރެޖިސްޓާރސް ފޯރަމް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމް (ސީ.އާރ.އެފް) އަކީ ބައިނަލްއަގްވާމީ ކޯޕަރޭޓް ރެޖިސްޓްރީތަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ. އެގޮތުން ސީ.އާރ.އެފް ގެ މެމްބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީތަށް ބަލަހަށްޓާ ސަރުކާރުގެ އިދާރާތަކަށާއި އެ އިދާރާތަކުގެ މުއައްޒަފުންނަށެވެ.

17 ވަނަ އަހަރީ ސީ.އާރ.އެފް ކޮންފަރެންސްގައި 35 ގައުމެއް ތަމްސީލް ކުރަށްވާ 100 ބައިވެރިންހިމެނެއެވެ. އަދި މި ކޮންފަރެންސް ބޭއްވިގެންދާނީ 21 ސެޕްޓެމްބަރ 2022 ފެށިގެން 24 ސެޕްޓެމްބަރ 2022  ގެ ނިޔަލަށް، ޕެރެޑައިސް އައިލެންޑް ރިޒޯޓްގައެވެ. މިއަހަރުގެ ކޮންފަރެންސް ގެ ތީމްއަކީ: "ކޯވިޑް-19 އަށް ފަހު ވިޔަވާރި ރެޖިސްޓްރީތަށް ކުރިއެރުވުން" މިއެވެ.

ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމް 2022 މޯލްޑިވްސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އަލްއުސްތާޛު ޙުސްނުއް ސުޢޫދުއެވެ.

ދިވެހިރާއްޖެއަކީ ސީ.އާރ.އެފްގެ ޖުރިސްޑިކްޝަން މެމްބަރެއްގެ އިތުރުން، 17 ވަނަ އަހަރީ ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމްގެ ހޯސްޓް ޤަޢުމެވެ. މިއަހަރުގެ ކޮންފަރެންސްގެ ޑިރެކްޓަރުގެ މަގާމް އަދާ ކުރަށްވަނީ ދިވެހިރާއްޖޭގެ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް، މަރިޔަމް ވިސާމްއެވެ.

މި އަހަރުގެ ކޮންފަރެންސް ގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތަށް ތަމްސީލް ކުރަށްވާ ބޭފުޅުންނާއި އެކިއެކި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތް ތަމްސީލް ކުރަށްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައެވެ.

މި ކޮންފަރެންސް ގެ މަގްސަދަކީ ބައިވެރިވެފައިވާ ވިޔަފާރި ރެޖިސްޓްރީތަށް ކުރިއަރުވައި ވިޔަވާރިތަކަށް ފަސޭހަކަމާއިއެކު ހިދުމަތްތަށް ދެވޭނެ ގޮތްތަށް ދެނެގަނެ ހިއްސާކުރުމެވެ.

ސީ.އާރ.އެފްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނާއި ކުރިއަށް ގެންދެވޭ ސެޝަންތަކުގެ މަޢުލޫމާތު ސީ.އާރ.އެފް (https://crf2022maldives.org) ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް