މިއަދު ދިވެހިންނަށް ހާސިލުވާތަން މި ފެންނަނީ ހުދުމުހުތާރު ވެރިޔަކަށް ނޫނެކޭ ބުނުމުގެ އުފާވެރިކަން ކަމުގައި މިނިސްޓަރު އަހްމަދު ސަމީރް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރް މިހެން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޝީޓާއި ރައީސް ސޯލިހް ބޮޑު ތިލަދުންމައްޗަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅުގެ އިސްތިހާރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ސަމީރް ވިދާޅުވެފައިވަނީ އަނިޔާވެރި ޚުދުމުހްތާރު ވެރިއެއްގެ ވެރިކަން ދިވެހި ރައްޔިތުންގެ މިނިވަން ވޯޓަކުން 18-09-23 ގައި ނިންމާ ސިއްކަޖެހީ، ދިވެހިން މިއަދު މިދެކޭ ތަފާތު ކުރުމެއް ނެތް އުފާވެރިކަން، ރައީސް ސޯލިހާއެކު ހާސިލުކުރުމަށް ކަމަށެވެ.
https://twitter.com/meeraazu/status/1573336326472175616?s=48&t=sBMOmC5289rfFc7MYRwvOQ
"އެ އުފާވެރިކަން މިއަދު ދިވެހީނަށް ހާސިލުވާތަން މިފެންނަނީ" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ވާދަކޮށް ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް