ރިސޯޓެއްގެ ބާ ގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި

ރ. އަތޮޅު ކޮއްޓެފަރު ރިސޯޓުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭވަރަށް އެ ބާ އަނދައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގިކަން އެމްއެންޑީއެފަށް އެނގުނީ...

23 Sep 2022 | 15:15

ރ. އަތޮޅު ކޮއްޓެފަރު ރިސޯޓުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭވަރަށް އެ ބާ އަނދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގިކަން އެމްއެންޑީއެފަށް އެނގުނީ ރޭ ދަންވަރު އެކެއް ޖެހި ފަހުންނެވެ.

" ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ އެ ހާދިސާގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފަ، ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރު" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް