ބޮމެއް އޮތްކަމަށްބުނި މައްސަލައިގާ ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ބޮމެއް އޮތްކަމަށްބުނި މައްސަލައިގާ ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ. ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި ފުރަންގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށްބުނި މައ...

23 Sep 2022 | 10:59

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ބޮމެއް އޮތްކަމަށްބުނި މައްސަލައިގާ ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި ފުރަންގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށްބުނި މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ހުށަހެޅުމުން އެމްއެންޑީއެފްއަށް މައުލޫމާތު ހިއްސާކޮށް، އެމްއެންޑީއެފުން އެމީހުން ގެންގުޅުނުތަކެތި ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން އިއްޔެ ހާމަކޮށްފައިވެއެވެ.

މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ އެ ދެމީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް