ޖާބިރަށް އެމްއެންޑީއެފްގެ އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ހަމަޖައްސައިދޭން އެދިއްޖެ

ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެމްއެންޑީއެފް ސެކިއުރިޓީ ހަމަޖައްސައިދޭން ރައްުޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިއްޖެ އެވެ. މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖާބި...

23 Sep 2021 | 18:40

ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެމްއެންޑީއެފް ސެކިއުރިޓީ ހަމަޖައްސައިދޭން ރައްުޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިއްޖެ އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސައި ދިނުަމަށް އެދި އަމީން އާންމު ފާތިމަތު ނިއުޝާ ސިޓީއެއް ފޮނުއްވީ އެކަމަށް އެދި ޖާބިރު މަޖިލީހަށް ސިޓީއެއް ފޮނުއްވުމުން ކަމަށެވެ. ޖާބިރު އެކަމަށް އެދިވަޑައިގެންފަ ވަނީ އއ. މަތިވެރީގައި އޭނާ އާއި ދެކޮޅަށް ކުރި މުޒާހަރާ އާއި ގުޅިގެން ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުން އެދިއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް އަރުވައެވެ. ޖާބިރު ހޯދަން އެދިވަޑައިގެންފަވަނީ އެމްއެންޑީއެފްގެ އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އޭނާ މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހިމާޔަތް ހޯއްދެވީ މަތިވެރީ ޕޮލިސް ސްޓޭޝަނުންނެވެ. އަދި އޭނާ ރަށުން ފައިބާފައިވަނީ އެސްއޯ ފުލުހުން ގޮސް އެމީހުންގެ ހިމާޔަތުގައި އެވެ.

އެރޭ ހިންގި ހަމަނުޖެހުންތަކުގައި ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ  42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ޖާބިރު ދެކެ އެ ރަށު މީހުން ހިތްހަމަ ނުޖެހިގެން އުޅެނީ އެ ރަށުގައި އޭނާ ގެސްޓް ހައުސް ހިންގާ ބިމު ކުލި ކައުންސިލަށް ނުދައްކާ މައްސަލައިގަ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް