ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ވަކިގަޑިއެއްގައި ފެނުގެ ޚިދުމަތް ކެނޑޭނެ: އެމްޑަބްލިއުއެސްސީ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ވަކިގަޑިއެއްގައި ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ. އެ ކުންފުނިން ބުނީ ފެނުގެ ޚިދުމަތް ކެ...

23 Sep 2021 | 18:38

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ވަކިގަޑިއެއްގައި ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ފެނުގެ ޚިދުމަތް ކެނޑޭނީ މިރޭ 11 އިން ފެށިގެން ފަތިހު 5 ޖެހުމާއި ހަމައަށް ކަމަށެވެ.

އެއީ މާލޭ ސިޓީ ކައުންސިލުގެ ”ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް“ގެ ދަށުން މަސައްކަތް ކުރުމަށް ކަމަށް ވެސް އެމްދަބްލިއުއެސްސީ އިން ބުންޏެވެ.

އެގޮތުން ފެނުގެ ޚިދުމަތް ކެނޑޭނީ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތަށްޓަކައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެހެންވެ، ސަދުބަރަކާ ގޯޅިއާއި ކަސްޓޫރި މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސީން މަޢާފަށް އެދޭ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް