ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ދޭން ފަށައިފި އެވެ
އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މިހާތަނަށް ބޭނުން ކުރެވެނީ ބީއެމްއެލް މޯބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށެވެ.
ބީއެމްއިލްއިން ބުނީ މިއަދުން ފެށިގެން މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮުން ދުވާލަކަށް އެކައުންޓަކުން3،000 ޑޮލަރު ފޮނުވޭނެ ކަމަށް ބުންޏެވެ.
މި ހިދުމަތް ބޭނުން ކުރެވޭނީ ޑޮލަރު އެކައުންޓުތަކުން އެކަންޏެވެ. އިންޓަނޭޝަނަލް މަނީ ޓްރާންސްފާއަށް ނެގުމަށް ނިންމާފައިވަނީ ވަރަށް ކުޑަ ފީއެކެވެ.
ބީއެމްއެލްއިން ބުނީ 50 ޑޮލަރާއި 500 ޑޮލަރު ފޮނުވާ ނަމަ ފަސް ޑޮލަރުގެ ފީ އެއް އަދި 500 ޑޮލަރާއި 1،000 ޑޮލަރުގެ އަދަދެއް ފޮނުވާ ނަމަ އަށް ޑޮލަރު، 1،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވާ ނަމަ 12 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް