މަންމަގެ ބަނޑަށް ވަޅި ހެރި ދަރިފުޅު ގާތު އެ މަންމަ އެދުނީ ބައްޕަ ގާތު ދޮގު ހެދުމަށް !

ބަނޑުގައި ގަރުބަގަތީއްސުރެ މަންމައަކު އިންތިޒާރު ކުރަމުންގެންދާނީ ލޯބި ލޯބި ދަރިފުޅު ފެންނާނޭ ހިނދަކަށެވެ. ދުނިޔެއަށް އުފަންވުމުން ދެ ލޮލުގެ ކޮއެ ފަދައިން އެ ދަރިފުޅު ބަލާ ބޮޑު ކުރެއެެވެ. ނަމަވެސް ދުނ...

23 Sep 2021 | 17:45

ބަނޑުގައި ގަރުބަގަތީއްސުރެ މަންމައަކު އިންތިޒާރު ކުރަމުންގެންދާނީ ލޯބި ލޯބި ދަރިފުޅު ފެންނާނޭ ހިނދަކަށެވެ. ދުނިޔެއަށް އުފަންވުމުން ދެ ލޮލުގެ ކޮއެ ފަދައިން އެ ދަރިފުޅު ބަލާ ބޮޑު ކުރެއެެވެ.

ނަމަވެސް ދުނިޔޭގައި އެ މައިންނާ ދޭތެރޭގައި އިހާނެތިކޮށް ހިތެނީ މަދެއްކޮށެއް ނޫނެވެ. އެހެން ނަމަވެސް މަންމައާމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މަންމަގެ ހިތުގައި ދަރިއާމެދު އޮންނަ ލޯބި ދައްކުވައިދޭ މިސާލެއް ފެނިގެންދާ ކަމެއް އިންޑޮނޭޝިޔާގައި މިދިޔަ ހަފްތާގައި މިވަނީ ހިނގާފައެވެ.

އުމުރުން 17 އަހަރުގެ ޒުވާން ފިރިހެނަކު މި މަހުގެ 10 ވަނަ ދުވަހު ހައްޔަރު ކުރީ އޭނާގެ މަންމަގެ ބަނޑަށް ވަޅިއެއް ހަރައި އެ މަންމަ މަރާލަން އުޅުނު މައްސަލައިގައެވެ.

މަންމައަށް އެ ހަމަލާ އެ ޒުވާނާ ދިނީ ސްކޫލުން ފެއިލުވެ ވަޒީފާއަކަށް ނުގޮސް އަބަދު ޓީވީ ބަލަން ގޭގައި އިންނާތީ އެކަމާ އެ މަންމަ ޝަކުވާ ކުރާން ފެށުމުންނެވެ.

އެ ޒުވާނާއަށް އެ ކުރެވުނީ ކީއްކަން ރޭކައިލާ، ހަމަހޭވެރިކަންވީ އެ މަންމަގެ ބަނޑުން ހޯސްލާފައި ލޭ އަންނަން ފެށުމުންނެވެ. އެހިނދު އޭނާގެ މަންމަ އެދުނީ އަވަށްޓެރިންގެ އެހީ ހޯދުމަށެވެ. އަދި އަވަށްޓެރިންނާއި އޭނާގެ ބައްޕަ ގާތު ބޮޑު ދޮގެއް ހެދުމަށެވެ. އެ މަންމަ އެދުނީ، އެ މަންމަގެ ބަނޑަށް ވަޅި ހެރީ ގެއަށް ވަންނަން އުޅުނު ވަގެއް ކަމަށް އެންމެން ގާތު ބުނުމަށެވެ.

އަވަށްޓެރިން އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެ ޒުވާނާގެ ހާސްކަމާ ހަރަކާތް ހުރިގޮތުން އެކަން ފަޅާއެރިއެވެ. އަދި އެ ޒުވާނާ މިހާރު ވަނީ ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް އެ މަންމަ އެދެނީ އޭނާގެ ދަރި ދޫކޮށްލަދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް