ރާއްޖެއިން އިތުރު 86 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވް ވީ 29 މީހުން ނެވެ. އަދި އަތޮޅުތަކުން 53 މީހުންނާއި ރިސޯޓުތަކުން 4 މީހުން ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި އަދަދާއެކު 84،103 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި 82،208ނ ޟިހުން ވަނީ މި ބަލިން ރަނގަޅޫވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 4،172 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ޖޭސް ގެ އަދަދަކީ 1،653 އެވެ.
ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 18 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާހޯދަމުންދާ އިރު، މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 229 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް