ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ޙަވާލު ކޮށްފި

ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ޙަވާލު ކޮށްފި އެވެ. ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ގާދިއްފުއްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ...

23 Sep 2021 | 16:53

ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ޙަވާލު ކޮށްފި އެވެ.

ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ގާދިއްފުއްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.

ބުރުނީ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް 28.8 މިލިއަން ރުފިޔާ ޚަރަދު ކުރާ އިރު، އެ މަޝްރޫއުގެ ދަށުން 369 މީޓަރުގެ ބްރޭކްވޯޓާރތަކާއި 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުމަށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ 8 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 500 މީޓަރުގެ ރިވެޓްމަންޓަކާއި 15 މީޓަރުގެ ގްރޮއިންއެއް ގާއިމުކޮށް، ގޮނޑުދޮށް ހިމާޔަތް ކުރާ އިރު، ހަ މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ޖެހެ އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް