ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެ

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއު އެއްކޮށް ނިންމާލީ މިމަހުގެ 0 ވަނަ ދުވަހު ކަމަ...

23 Sep 2021 | 16:12

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއު އެއްކޮށް ނިންމާލީ މިމަހުގެ 0 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ވޭވަށު ބަނދަރުގެ 77,831 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށްފައިވެ އެވެ. އަދި 227 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލާފައިވެ އެވެ.

މީގެ އިތުރުން 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހާފައިވެ އެވެ. އެމްޓީސީސީން ބުނީ ވޭވަށު ބަންދަރު މަޝްރޫއުގެ ދަށުން 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް