ޤައުމީ ދުވަހުގެ ޖަލްސާގައި ހާފިޒުންނަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދޭން ނިންމައިފި

ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމ...

23 Sep 2021 | 13:43

ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ހާމަ ކުރައްވާ ގޮތުގައި ކުރިން މި ދެ އިނާމު ވެސް ދޭ ގޮތަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ގައެވެ. ނަމަވެސް މި އަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ގިނަކަމާއެކު ޙާފިޒުކަމުގެ އިނާމާއި، މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ޤައުމީ ދުވަހުގެ ޖަލްސާގައި އިނާމު ދެއްވަން ނިންމެވީ އެވެ.

މިހެންކަމުން ޖުމްހޫރީ ދުވަހުގެ ޖަލްސާ ގައި ދެއްވާނީ ދިވެހި ދައުލަތަށް ޙިދުމަތް ކުރުމުގެ އިނާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް