މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޔޫތު މިިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަދު އެކުންފުނިން ކުރި އިއުލާނެއްގައި 14ދާއިރާއަކުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެއީ ޖުމްލަ 50 ފުރުސަތެވެ.
ޒުވާނުންނަށް ހުޅުވަލި މި ފުރުސަތު ހާއްސަ ކޮށްފައި ވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި މީގެ ތެރެއިން ބައެއް މަގާމުތަކަކީ ގުރޭޑް 8 ނިންމާފައިވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ފުރުސަތުތަކެކެވެ.
އޭލެވެލް ދެ މާއްދާއިން ސީ ފާސް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ޝަރުތުކަމުގައި ވާ ހަމަ އެކަނި މަގާމަކީ ކޮޕީރައިޓާ، ބޭނުންވާ އަދަދަކީ އެކެކެވެ.
ޖީސީއީ އޯލެވެލް ތިން މާއްދާއިން ސީ ފާސް ލިބިފައިވުމާއެކު، މި ތިން މާއްދާގެ ތެރޭގައި ހިސާބު ހިމެނެންޖެހޭ ކަމަށް ޝަރުތުހަމަވާ ދެ މަޤާމަކީ މެޝިނިސްޓް، ބޭނުންވާ އަދަދަކީ އެކެކެވެ. އަދި މެރިން އިންޖިނިއަރިން އެޕްރެންޓިސް ބޭނުންވާ އަދަދަކީ ދޭކެވެ.
މިގޮތުން ފުރުސަތު ހުޅުވާލައިފައިވާ ފުރުސަތުގެ ތެރޭގައި ޖީސީއީ އޯލެވެލް 3 މާއްދާއިން ސީ ފާސް ޝަރުތު ހަމަވާ މަޤާމުތަކަކީ ފޮޓޯގުރަފީ އެޕްރެންޓިސް، ބޭނުންވާ އަދަދަކީ އެކެއް، ހެލްތު ސޭފްޓީ އެންޑް އެންވަޔަރަމަންޓް އެޕްރެންޓިސް ބޭނުންވާ އަދަދަކީ ހަތަރެކެވެ. އެއާ ކޮންޑިޝަނިން ސާވިސް އެެންޑް ރީފާ މެކޭނިކް ބޭނުންވާ އަދަދަކީ ހަތަރެކެވެ.
އަދި ހުޅުވާލަފައިވަ ފުރުސަތުތަކުގެ ތެރޭގައި ގުރޭޑް ދިހައެއްގެ ފެންވަރު އެއީ ޝަރުތުކަމުގައިވާ ހަމަ އެކަނި މަޤާމަކީ ޓިންކަރިން މެކޭނިކް ބޭނުންވާ އަދަދަކީ ދޭކެވެ.
މި ގޮތުން ހުޅުވާލައިފައިވާ ފުރުސަތުގެ ތެރޭގައި ގުރޭޑް އަށެއްގެ ފެންވަރު ބޭނުންވާ ހަމައެކަނި މަޤާމުތަކަކީ،ޓަގް ޑުރައިވަރ، ބޭނުންވާ އަދަދަކީ 6 މީހުނެވެ. ހެވީ ވެހިކަލް އޮޕަރޭޓަރު ބޭނުންވާ އަދަދަކީ އެގާރަ މީހުނެވެ. ވެލްޑަރު ބޭނުންވާ އަދަދަކީީ ހަތް މީހުނެވެ. ކާޕެންޓާ ބޭނުންވާ އަދަދަކީ ދެ މީހުނެވެ. އެލުމިނިޔަމް ޓެކްނީޝަން ބޭނުންވާ އަދަދަކީ ތިނެކެވެ. މޭސަން ބޭނުންވާ އަދަދަކީ ތިނެކެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ ތިރީސް ވަނަ ދުވަހެވެ.
މީގެ އިތުރުން އެމްޕީއެލުން ހާމަ ކުރިގޮތުގައި މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު ފަސްހާސް ރުފިޔާގެ އެލަވެންސެއް ފޯރުކޮށްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް