އުނިކުރި މުސާރައިގެ 80 ޕަސެންޓު ބޮޑުުކުރިކަން މޯލްޑިވިއަންގެ ޕައިލެޓުންނަށް އަންގައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންގެ އުނިކުރި މުސާރައިގެ80 ޕަސެންޓު ބޮޑުކޮށްދީފައިވާ ކަން އަންގައިފި އެވެ. ޕައިލެޓުންގެ މުސާރަ ކުޑަކުރީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ. އެކަމަކު އެހެން ދާއ...

23 Sep 2021 | 10:39

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންގެ އުނިކުރި މުސާރައިގެ80 ޕަސެންޓު ބޮޑުކޮށްދީފައިވާ ކަން އަންގައިފި އެވެ.

ޕައިލެޓުންގެ މުސާރަ ކުޑަކުރީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ. އެކަމަކު އެހެން ދާއިރާތަކުގެ މުސާރަ ބޮޑުކުރި ނަމަވެސް ޕައިލެންޓުގެ މުސާރަ އިޔާދަ ނުކުރާ މައްސަލައިގަ މި މަހު މޯލްޑިވިއަންގެ ޕައިލެޓުން ވަނީ މުޒާހަރާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކޮށްފަ އެވެ.

މުޒަހަރާ ކުރުމުން މޯލްޑިވިއަންއިން ވަނީ އަންނަ މަހުން ފެށިގެން މުސާރައަށް ބަދަލު އަންނާނެ ކަމަށް ބުނެފަ އެވެ.

ޕައިލެޓުންނަށް ފޮނުވާފައިވާ ލިޔުމުގައި މޯލްޑިވިއަންއިން ވަނީ އުނިކުރި މުސާރައަށް އަންނަ މަހުން ފެށިގެން ބައެއް އިތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އުނިކުރި މުސާރަ އަށް މިދިޔަ އޭޕްރީމަހު ވެސް ބައެއް އިތުރުކޮށްފައިވެ އެވެ.

އެ އެއާލައިނުން ބުނީ ކުރިން ޕައިލެޓުންނަށް ދެމުން އައި މުސާރާ އަންނަ ޖެނުއަރީ މަހުން ފެށިގެން އިޔާދަވާނެ ކަމަށް ބުނެފަ އެވެ.

ޕައިލެޓުން މިމަހު ކުރި މުޒާހަރާގައި ޑިމާންޑުކޮށްފައިވަނީ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރާނެ ކަމުގެ ޔަގީން ލިޔުމުން ދިނުމަށެވެ.

މި މައްސަލައިގަ ބައެއް ޕައިލެޓުން ވަޒީފާއިންވެސް ކެނޑިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް