މަތިވެރީގައި ޖާބިރަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި

އއ. މަތިވެރީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގީ މިދިޔަ އަންގާޜަ ދުވަހ...

23 Sep 2021 | 09:52

އއ. މަތިވެރީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގީ މިދިޔަ އަންގާޜަ ދުވަހުގެ ރޭ އެވެ. އޭނާ އާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ހިމާޔަތް ހޯދާފައިވަނީ މަތިވެރީ ޕޮލިސް ސްޓޭޝަނުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެރޭ ހިންގި ހަމަނުޖެހުންތަކުގައި ޖާބިރަށް ހަމަލާދިން ކަަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މައްސަލަ ހައްޔަރު ކުރީ 29 އަހަރާއި 42 އަހަރުގެ ދެ ފިރިހެނުންނެވެ.

އެރޭ ޖާބިރު އެ ރަށުން ފޭބީ ފުލުހުންގެ ހިމާޔަތުގައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށަށް ޖާބިރު ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގީ އޭނާ އެ ރަށުން ކުއްޔަށް ހިފައިގެން ގެސްޓު ހައުސް ހިންގާ ބިމު ކުލި ކައުންސިލަށް ނުދައްކާތީ އެވެ. 2017 ވަނަ އަހަރުން ފެށިގެން އެ ބިމުގެ ކުލި ޖާބިރުގެ ކުންފުނިން ނުދައްކާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް