ބްރެޒިލްގެ ރައީސް ވެކްސިން ނުޖަހާ ހުރުމުން ޕިއްޒާ ކާން ޖެހުނީ ނިއުޔޯކް ގާޑިޔަލަކުން

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަގުމަތީ ދުއްވާ ގާޑިޔަަލަކުން ޕިއްޒާ ގަނެގެން ކާން މަޖުބޫރުވެއްޖެ އެވެ. އެމަނިކުފާނުގެ ރަސް...

23 Sep 2021 | 09:15

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަގުމަތީ ދުއްވާ ގާޑިޔަަލަކުން ޕިއްޒާ ގަނެގެން ކާން މަޖުބޫރުވެއްޖެ އެވެ.

އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.

މަގުމަތީގައި ބްރެޒިލް ރައީސް ޕިއްޒާ ކާން ހުންނަވަނިކޮށް ސޯޝަލް މީޑިއާގައި އެކަން ހާމަ ކުރީ ޕިއްޒާ ވިއްކި ގާޑިޔަލުންނެވެ. އެ ފޮޓޯގައި ރައީސްގެ އިތުރުން އޭނާގެ ސެކްރެޓޭރިއެޓް މިނިސްޓަރު ލުއިޒް އެޑުއާޑޯ ރާމޯސްއާއި، ބްރެޒިލްގެ ރައީސް އދ.ގެ ޖަލްސާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މަގެއްގެ އެއްފަރާތުގައި ޕިއްޒާ ކާން ތިބޭތަން ފެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެބޭފުޅުން މަގުމަތީގައި ޕިއްޒާ ކާން ތިބެން ޖެހުނީ ރައީސް ބޮލްސޮނޯރާ ކޯވިޑް ވެކްސިން ފުރިހަމަ ނުކުރާތީ ނިއުޔޯކްގެ ރެސްޓޯރެންޓަކަށް ނުވަދެވިގެން ނެވެ. ބްރެޒިލްގެ ރައީސަކީ ކޯވިޑް ވެކްސިން ނުޖަހާނެ ކަމަށް ބުނެފައިވާ ބޭފުޅެކެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި ދަނީ ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ތަފާތު ކުރުން ގެންގުޅެން ފަށާފަ އެވެ.

އެގޮތުން ނިއުޔޯގައި ރެސްޓޯރެންޓުތަކާއި ޖިމްތަކާއި ސިނަމާތަކަށް ފަނުމަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަމުގެ ހެކި ބޭނުންވެ އެވެ. އަދި ސަރުކާޜު މުވައްޒަފުން ވެކްސިން ނުޖަހާނަމަ ކޮންމެ14 ދުވަހަކުން ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާ އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް