ސްރީލަންކަން އެއާލައިންސް އިން މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެވެ. ފުރަތަމަ ފަށާއިރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދަތުރެކެވެ.
މައްްތަލަ އެއަޕޯޓު ތަރައްޤީކުރެވެމުން އަންނަ ވަރަކަށް ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން ވީހާވެސް އަވަހަކަށް ހަފްތާއަކު ދެ ދަތުރަށް އިތުރު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ބުނެ އެވެ.
އެ އެއާރަޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށާއިރު، ކޮލޮމްބޯ އަށް ޑޮމެސްޓިކް ދަތުރުތައް ވެސް ފަށަން ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް