ބަރަހަނާ ފިލްމު އުފެއްދި ރާޖް ކުންދްރާ ކަފާލާތުގެ ދަށުން ދޫކޮއްލެވުނީ ކިހިނެތް؟

މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންޑްރާ އާއި އޭނާގެ ކުށުގެ ބައިވެރިޔާ ކަފާލާތުގެދަށުން ދޫކޮއްލުމަށް ކޯޓުންވަނީ އެއްބަސްވެފައެވެ. މިދިޔަ ޖުލައިމަހުގެ 19 ވަނަ ދުވަހު ހައްޔަރު ކުރެވި މު...

23 Sep 2021 | 08:17

މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންޑްރާ އާއި އޭނާގެ ކުށުގެ ބައިވެރިޔާ ކަފާލާތުގެދަށުން ދޫކޮއްލުމަށް ކޯޓުންވަނީ އެއްބަސްވެފައެވެ.

މިދިޔަ ޖުލައިމަހުގެ 19 ވަނަ ދުވަހު ހައްޔަރު ކުރެވި މުންބާއީގެ ކްރައިމް ބްރާންޗްގައި ބެހެއްޓިފައި ރާޖް ހުރީ އޭނާއާއި އެކުގައި މިކަމުގައި ބައިވެރިވި ރަޔަން ތޯޕް އާއި އެކުގައެވެ. މި ދެމީހުންވެސް ހައްޔަރު ކުރެވުނީ ބަރަހަނާ ފިލްމު އުފެއްދުމާއި އެފަދަ ފިލްމު ބެހުމުގެ ކުށުގައެވެ.

2 މަސް ދުވަހު ޖަލުގައި ހުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާ ދޫކޮއްލާފައިވަނީ ސެޕްޓެމްބަރ 21 ވަނަ ދުވަހުއެވެ.

ރާޖް އާއި ދެކޮޅައް ކޮއްފައިވާ ދައުވާތަކަށް އެއްވެސް ބަދަލެއްނާދެއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުޤީގު ކުރިއަށްދާތީ، ރަހުޤީގުތައް ނިމި އޭނާގެ މައްސައިލެ އަޑުއެހުންތައް ނިމެންދެން ޖަލުގައި ބެހެއްޓެން ނެތުމުން ކޯޓުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮއްލުމަށް ހުކުމް ކޮއްފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ތަހުޤީގުގެ މަރުހަލާ ނިމެންދެން ނުވަތަ އެމީހުންގެ ކުއްސާބިތުވަންދެން އެމީހުން ޖަލުގައި ބޭތިއްބުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމުގައެވެ.

އީޓައިމްސް އިން ހަބަރުލިބޭ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ވިއާން އިންޑަސްޓްރީގެ ހުރިހާ ލެޕްޓޮޕް އަދި މޯބައިލް ފޯނު ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމުން، މިފަދަ އެއްވެސް އެއްޗެއްގައި ހުރި ހެއްކަކަށް ގެއްލުމެއް ދެވުމުގެ ފުރުސަތު ކުޑަ ކަމުގައެވެ.

ރާޖް ކުންޑްރާ ހައްޔަރު ކުރެވިފައިވަނީ އިންޑިއާގެ ޕީނަލް ކޯޑްގައިވާ އިންފޯމޭޝަން ޓެކްނޮލޮޖީ އެކްޓް އަދި އިންޑީސެންޓް ރިޕްރެސެންޓޭޝަން އޮފް ވިމެން (ޕްރޮހިބިޝަން) އެކްޓް ގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް