ޕަރްނީތީއިން ފެށިގެން ދިޝާ ހިމެނޭހެން އިންޑިއާގެ ގިނަ ތަރިންތަކެއް ރާއްޖޭގައި!

އިންޑިއާގެ މަޝްހޫރު ގިނަ ފިލްމީ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ، މަޝްހޫރު ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާ އާއި އަންހެނުން ދިޝާ ޕ...

23 Sep 2021 | 07:12

އިންޑިއާގެ މަޝްހޫރު ގިނަ ފިލްމީ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެވެ.

އޭގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ، މަޝްހޫރު ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާ އާއި އަންހެނުން ދިޝާ ޕަރްމަރްގެ އިތުރުން އަވިކާ ގޯރް ހިމެނެ އެވެ. ހުރިހާ ތަރިންވެސް ދަނީ އެމީހުންގެ ޗުއްޓީގެ ހިތްގައިމު މަންޒަރުތައް އިންސްޓަގްރާމް މެދުވެރިކޮށް މުޅި ދުނިޔެއަށް ދައްކާލަމުންނެވެ.

މީގެ ތެރެއިން ޕްރިނީތީ ޗުއްޓީ ހޭދަ ކުރަމުންދަނީ އާއިލާ އާއި އެކު އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގަު ރިސޯޓުގައި އެވެ. ޕަރިނީތާ ދަނީ އޭނާ ޗުއްީ ހޭދަ ކުރާ ގޮތުގެ ރީތި މަންޒަރުތައް ފެންނަ ފޮޓޯތަކެއް އާންމު ކުރަމުންނެވެ.

އޭނާ ރީތި ފޮޓޯތަކެއް ހިއްސާ ކުރަމުން ބުނެފައިވަނީ ޗުއްޓީއަށް އައީ އަމިއްލަ ފޮޓޯ ގްރާފަރުވެސް ގޮވައިގެން ކަމަށެވެ. އޭނާގެ ފޮޓޯތައް ނަގައިދެމުން ދަނީ އެންސީއެސްބިޒްނަސް އިންނެވެ.

https://www.instagram.com/p/CUHTArqjGKN/

އަވިކާ ރާއްޖެ އައިސް އުޅެނީ ލޯބިވެރިޔާ މިލިންދް ޗަންދްވާނީ އާއި އެކު އެވެ. ދެމީހުން ޗުއްޓީ ހޭދަ ކުރަމުން ދަނީ ވެލިގާ މޯލްޑިވްސް ގައި އެވެ.

އަވިކާ ވަނީ މޫދާއި ވޯޓަބެންގަލޯ އާއި ރިސޯޓުގެ ގޮނޑު ދޮށުގައި ނަގާފައިވާ ހިތްގައިމު ވީޑިއޯތަކާއި ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ. އަވިކާ ބުނެފައިވަނީ ކޮންމެ ތަނެއްގައި ހުއްޓަސް އިރު އަރާއި ތަނާއި އިރު އޮއްސޭ މަންޒަރު ފެންނަ ކަމަށެވެ.

އަދި ރާއްޖޭގައި ހޭދަ ކުރަމުންދާ ކޮންމެ ވަގުތަކީ ހިތްގައިމު ރީތި ވަގުތަކެއް ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CT_9XdBFm89/

ރާހުލް އާއި ދިޝާގެ ދެމަފިރިން ރާއްޖެ އައިސް އުޅެނީ ޗުއްޓީ އާއި އެކު ރާހުލްގެ އުފަން ދުވަސް ފާހަގަ ކުރާށެވެ. ރާހުލްގެ އުފަން ދުވަހަކީ މިއަދު އެވެ.

އެމީހުން ޗުއްޓީ ހޭދަ ކުރަމުން ދަނީ ކަނޑިމަ ރިސޯޓުގައި އެވެ. ރިސޯޓުގެ ސުވިމިންޕޫލު ކައިރީ ރޭ ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރުމަށް ފަހު ދިޝާ ބުނެފައިވަނީ ރާހުން އޭނާގެ ފިރިއަކަށް ވީތީ އުފާ ކުރާ ކަމަށެވެ.

https://www.instagram.com/p/CUIq_fFhqhH/

އިންޑިއާ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިތުރު ބޮލީވުޑް ތަރިންތަކެއްވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. އެކަމަކު މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ ހަފްތާގައި އިންޑިއާ ޓީވީގައި އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ހީނާ ހާން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށސްފައިވެ އެވެ. މިއީ އޭނާ ރާއްޖެއަށް މިއަހަރު ކުރި ތިން ވަނަ ދަތުރެވެ.

ހީނާ ޗުއްޓީ ހޭދަ ކޮށްފައިވަނީ ރޯހިތް ރޯއީ އާއި އެއް ރިސޯޓެއްގައި އެވެ. އިންޑިއާގެ ބޯޑަރު ކޯވިޑުގެ ދެވަނަ ރާޅުން އަރައިގަނެ ހުޅުވާލުމާއި އެކު ބޮލީވުޑް ތަރިންގެ މަންޒިލަކަށް ވެފައިވަނީ ރާއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ތަފާތު ތަންތަނަށް ޗުއްޓީ ހޭދަކުރަން އާންމުކޮށް ދާ ބޮލީވުޑް ތަރިން ތަކުރާރުކޮށް ރާއްޖޭގެ ރިސޯޓުތަކަށް އަންނަމުން ދަނީ ހިލޭ ޗުއްޓީ ދަތުރު ލިބޭތީ އާއި އިންޑިއާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން ދުނިޔޭގެ މަޝްހޫރު އަދި ބޮޑެތި ގައުމުތަކަށް ކަރަންޓީ ނުވާގޮތަށް ދަތުރު ކުރެވެން ނެތުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް