ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ ސިސްޓަމުތަކަށް ރެންސަމްވެއާގެ އެޓޭކެއް ދީފި އެވެ.
އެޑިއުކޭޝަން މިނިސްްރީން ބުނީ އެ ހަމަލާ ދީފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު ސިސްޓަމުތައް ހައިޖެކު ނުކުރާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ރެންސަމްވެއާ އެޓޭކު ވަގުތުން ޑީޕީއީގެ އައި.ޓީ. މުވައްޒަފުންގެ ސަމާލުކަމަށް އައިސް، އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފަ ކަމަށެވެ.
އަދި އެ އިދާރާގެ އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށަށް ނުދާކަމަށާއި މުހިއްމު ފައިލުތައް ރައްކާތެރިކަމާއެކު ހުރިކަމުގެ ޔަޤީންކަން އަރުވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ޑީޕީއީގެ އައި.ޓީ. މުވައްޒަފުންގެ މަސައްކަތުން، ދަތިނުވެ ތަނުގެ މަސައްކަތް ކުރެވޭ ޙާލަތަށް އެތަން ގެނެސްފައިވާ ކަމަށްްވެސް ބުންޏެވެ.
މިކަމާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންތައްތައް ކުރެވެމުންދާ ކަމަށްވެސް މިނިސްްރީން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް