އެއަރ އިންޑިއާގެ ދަތުރުތައް ކެނެޑާއަށް އަލުން ފަށަނީ

އެއަރ އިންޑިއާގެ ދަތުރުތައް ކެނެޑާއަށް އަލުން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިއުދިއްލީން ޓޮރޮންޓޯއަށް ވައިގެ ދަތުރުފަތުރު ވަރަށް އަވަހަށް ފަށާނެ އެވެ. އެ އެ...

23 Sep 2021 | 05:06

އެއަރ އިންޑިއާގެ ދަތުރުތައް ކެނެޑާއަށް އަލުން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނިއުދިއްލީން ޓޮރޮންޓޯއަށް ވައިގެ ދަތުރުފަތުރު ވަރަށް އަވަހަށް ފަށާނެ އެވެ.

އެ އެއަރ ލައިނުން ބުނެފައިވަނީ އެ އެއަރލައިނުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓް ހެދި ކަމުގެ ސައްހަ ލިޔުމެއް އޮވެގެން ކަމަށައި އަދި އެ ޓެސްޓަކީ 18 ގަޑި އިރު ނުވާ ޓެސްޓަކަށް ވާންވާނެ ކަމަށެވެ.

އެއަރ ކެނެޑާއިން ބަލައި ގަންނަ ޓެސްޓަކީ ނިއުދިއްލީގެ އިންދިރާގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 3 ގައި ޓެސްޓް އެކަނިކަމަ ށްވެސް ބުނެފައި ވެއެވެ.

އެއަރ ކެނެޑާއިން އިންޑިއާ ދަތުރުތައް ހުއްޓާލީ، އިންޑިއާގައި ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް