ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 333،662 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 21 ވީ ބުދަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 391،309 އަށް އަރާފަ އެވެ.
ބުދަ ދުވަހު 1133 މީހަކު ވަނީ ކޮވިޑް ވެކްސިން ދެވަނަ ޑޯޒު ޖަހާފަ އެވެ. މީގެ ތެރެއިން 208 ހުންނަކީ މާލެ ސަރަހައްދުން ވެކްސިންގ ދެވަނަ ޑޯޒު ފުރިހަމަ ކުރި މީހުން ނެވެ. އަތޮޅުތަކުން އެދުވަހު ވެކްސިންގ ދެވަނަ ޑޯޒު ޖެހީ 925 މީހުން ނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިން ފުރަތަމަ ޑޯޒު ބުދަ ދުވަހު 77 މީހަކަށް މާލެ ސަރަޙައްދުން ޖަހައިދީފައިވެ އެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ފުރިހަމަ ކުރީ 79 މީހުން ނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާރމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް