ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖުގައި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒަށާއި އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެ އެވެ. ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަހުމަތްތެރި ގުޅުން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ ދެ ގަުއމުންވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ.
އެ މެސެޖުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި ދުނިޔޭގެ ކުރިއެރުމަށާއި ސުލްހައަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ ކުރިއެރުމަށް އެދިވަޑައިގެންފަ ވެ އެވެ.
ސައުދީގައި ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރަސްގެފާނު އަބްދުލް އަޒީޒު އާލް ސައުދުގެ ޒައާމަތުގައި 1932 ވަނަ އަހަރު އުފެދުނު ޒަމާނީ ރަސްކަން ފެށިގެން އައި ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް