"ހަސީނާ ޕާކާ" އާންމުންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވެން ފަށައިފި

އިއްޔެ ރިލީޒް ކުރި ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ" އަށް ރަނގަޅު އާމްދަނީ އެއް ލިބި ފިލްމު ހިނގާނެ ކަމަށް ބެލެވެން ފަށައިފި އެވެ. އިއްޔެ ރިލީޒް ކުރި ފިލްމަށް ހަމައެކަނި އިންޑިއާއިން ދެ ކްރޯޑް ރުޕީސް ލި...

23 Sep 2017 | 06:33

އިއްޔެ ރިލީޒް ކުރި ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ" އަށް ރަނގަޅު އާމްދަނީ އެއް ލިބި ފިލްމު ހިނގާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އިއްޔެ ރިލީޒް ކުރި ފިލްމަށް ހަމައެކަނި އިންޑިއާއިން ދެ ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފިލްމަކީ ބަލާލަން ރަނގަޅު ފިލްމެކެވެ. އަދި ފިލްމުގައި ފެންނާނެ ކަމަށް ބުނި ރަހަތަށް ވަރަށް ރަނގަޅަށް ފެނިފައިވާ ކަމަށާއި ޝްރައްދާގެ އެކްޓިންވެް މޮޅު ކަމަށެވެ.

އަދި މި ފިލްމާއި މެދު ބެލުންތެރިންގެ ފަރާތުން ރަނގަޅު ފީޑްބެކް ލިބެމުންދާ ކަމަށް ބުނެފަވެ އެވެ. ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ މި ހަފްތާ ބަންދު ތެރޭގައި ފިލްމަށް ހައެއް ނުވަތަ ހަތް ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ހަސީނާ ޕާކާ" ގެ އިތުރުން އިއްޔެ ރިލީޒް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ނިއުޓޮން" އަދި "ބޫމީ" ހިމެނެ އެވެ. އެ ތިން ފިލްމުވެސް ބެލުންތެރިން ބަލައިގެންފަވާ ކަމަށް ބުނެ އެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ތިން ފިލްމުވެސް ހަދާފައިވާ ރަނގަޅު ވާހަކަތަކަތަކަށް ކަމަށެވެ.

އެ ފިލްމުގައި ޝްރައްދާ ފެނިގެންދަނީ ވަރަށް ބިރުވެރި އެހާމެ ގަދަފަދަ އަންހެނެއްގެ ރޯލުންނެވެ. އެ ފިލްމުގައި އޭނާގެ ހަތަރު ދަރިންވެސް ތިބެ އެވެ. “ހަސީނާ ޕާކާ” އަށް ޝްރައްދާ ވަނީ ހަތަރު ކިލޯ ބަރުވެފައެވެ.

ޝްރައްދާގެ މި ފިލްމަކީ އޭނާއަށް މުހިންމު ފިލްމަކަށް ވާއިރު މި ފަހަކުން ރިލީޒް ކުރި ޝްރައްދާގެ ހުރިހާ ފިލްމެއް ހެން ވަނީ ފްލޮޕްވެފަ އެވެ. އޭގެ ތެރޭގައި " އޯކޭ ޖާނޫ" އަދި "ހާފް ގާލްފްރެންޑު" ހިމެނެ އެވެ.

ޝްރައްދާގެ ފިލްމުތަކުގެ އިތުރުން މަޝްހޫރު ގިނަ ތަރިންގެ ފިލްމުތައްވެސް މި ދުވަސްވަރު ބޮލީވުޑްގައި ދަނީ ފްލޮޕްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް