ރަންބީރާއި، މާހިރާގެ ކޮންމެ ގުޅުމެއް އޮތަސް ރިޝީގެ މައްސަލައެއް ނެތް

މި ދެތިން ދުވަހު ބޮލީވުޑްގައި އެންމެ ހިނގާ ވާހަކައަކީ ރަންބީރު ކަޕޫރާއި މާހިރާ ހާން އެމެރިކާގެ ނިއުޔޯކްގެ މަގެއްގައި ސިނގިރޭޓު ބޯން ތިބި ފޮޓޯ އެއްގެ ވާހަަކަ އެވެ. މާރިހާ ލައިގެން ހުރި ހެދުމާއި މާހިރާ ...

23 Sep 2017 | 03:25

މި ދެތިން ދުވަހު ބޮލީވުޑްގައި އެންމެ ހިނގާ ވާހަކައަކީ ރަންބީރު ކަޕޫރާއި މާހިރާ ހާން އެމެރިކާގެ ނިއުޔޯކްގެ މަގެއްގައި ސިނގިރޭޓު ބޯން ތިބި ފޮޓޯ އެއްގެ ވާހަަކަ އެވެ.

މާރިހާ ލައިގެން ހުރި ހެދުމާއި މާހިރާ ފަދަ ތަރިއަކު މަގުމަތީގައި ސިނގިރޭޓު ބޯން ހުރެގެން ވަރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި މަގުމަތީގަ އެގޮތަށް ދެ ތަރިން ސިނގިރޭޓު ބޯން ތިބީމަވެސް ފާޑުކިޔާ މީހުން  ކިޔަނީ އެވެ. އަނެއްބަޔަކު ދައްކަނީ މި ފޮޓޯއިން އެމީހުންގެ ގުޅުން އިތުރަށް ހާމަވަމުންދާ ވާހަކަ އެވެ.

މިދިޔަ މާޗު މަހުން ފެށިގެން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރުފަ އެވެ. އެކަމަކު ފަހުން އެވާހަކަ ދެކެވިފައެއް ނުވެ އެވެ.

ދައުރުވަމުންދާ ފޮޓޯ އާއި މާހިރާ އާއި ރަންބީރާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ބުނީ ދެމީހުންގެ ދެމެދުގަ ކޮންމެ ގުޅުމެއް އޮތަސް މައްސަލައެއް ނެތް ކަމަށެވެ. ރިޝީ ބުނީ ރަންބީރަކީ ޒުވާން، ހުސްހަށިބައި ފިރިހެނަކަށް ވާތީ އޭނާ ޒުވާން އަންހެން ކުދިންނާ ގުޅުން ބާއްވާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ދައުރުވަމުންދާ ފޮޓޯއިން އެ ފެންނަނީ މަގުމަތީގައި ހިނގަމުން ސިނގިރޭޓު ބޯން ތިބިތައްނޫން ކަމަށެވެ. ރިޝީ ބުނެފައިވަނީ ރެސްޓޯރަންޓަކަށް ވަދެ އެތަނުގައި ސިނގިރޭޓު ނުބޮވޭތީ ނުކުމެ ދޮރު ކައިރީގަ ތިބީ ކަމަށްވެސް ވުން އެކަށީގެންވާ ކަމަށެވެ.

މާހިރާގެ ފުރަތަމަ ފިލްމު "ރައީސް" ރިލީޒްވީ މިދިޔަ ޖެނުއަރީގަ އެވެ. އެކަމަކު އެ ދުވަސްވަރަކީ އިންޑީއާ ޕާކިސްތާނުގެ މެދުގައި ކަޝްމީރުގެ މައްސަލަ ބޮޑުވި ދުވަސްވަރަށް ވުމުން އިންޑިއާގައި މަސައްކަތް ކުރަމުންދިޔަ ހުރިހާ ޕާކިސްތާނު ފަންނާނުން ވަނީ އިންޑިއާއިން ބޭރުކޮށްފައި އެވެ. އޭގެ ފަހުން އެމީހުންނަށް އިންޑިއާއަށް ދިއުމުގެ ހުއްދައެއް ނުދެ އެވެ. އެހެންވެ މާހިރާގެ އިތުރު ފިލްމެއް މިހާތަނަށް އަދި ރިލީޒް އެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް