ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއް ފުުހުން ބަލާ ފާސްކޮށްފި އެވެ.
އެ އެޕާޓްމަންޓު ބަލާ ފާސްކުރަން ފުލުހުން ވަދެފައިވަނީ ރޭ 10:30 ވި ފަހުންނެވެ. ކޯޓު އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ އެވެ.
މި މައްސަލައިގެ އިތުރ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި އެޕާޓްމެންޓެވެ. އަދީބުގެ އަނބިކަނބަލުން ޓުވިޓާގައި ވިދާޅުވެފައިވަނީ އަދީބާ ގުޅުން ހުރި ތަނެއް ރެހެންދި ފްލެޓުގައި ނުހުންނާނެ ކަމަށެވެ.
ފުލުހުން އެ އެޕާޓްމަންޓު ބަލާ ފާސްކުރުމަށް ގަޑިއެއްހާއިރު ހޭދަ ކުރި އެވެ. އެކަމަކު ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ގެންދާތަނެއް ނުފެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް