މިއީ ދުވަސް ގައި ޓެކްނޮލޮޖީ ހަބަރު ލިޔާ މޫސާ ފަތުހީ، މި ފޯނު ސިފަ ކުރާ ގޮތެއް ނޫނެވެ. މިއީ މި ފޯނު އިސްތިހާރު ކުރުމުގައި ޗައިނާގެ ޑޫޖީ ކުންފުނިން ދައްކާ ވާހަކައެކެވެ.
ޗައިނާގެ ޑޫޖީ ކުންފުނިން މި ފޯނު މާކެޓަށް ނެރެފައިވާއިރު އެ ކުންފުނިން ބުނެފައިވަނީ މިއީ ފިރިހެން ވަންތަ ފިރިހެނުންނަށް ހާއްސަކޮށް މިހާތަނަށް އުފައްދާފައިވާ އެންމެ ފުރަތަމަ ފޯނު ކަމަށެވެ.
މިއީ ބުރަކޮށް މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތަކަށް ހާއްސަ ފޯނެއް ކަމަށް އެކުންފުނިން ބުނެ އެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި ފޯނުގެ ކަވަރު ހަދާފައިވަނީ "ހަރު" ދަގަނޑުންނެވެ. އެ ފޯނަކީ ފޯނުގެ އަމިއްލަ ޒާތުގައި ރައްކާތެރިކަން ލިބިގެންވާވަރުގެ ވަރުގަދަ ފޯނެއް ކަމަށް ޑޫޖީން ބުނެ އެވެ. އެއީ ހަރުދަނާ ފިރިހެން ވަންތަ ފިރިހެނެއްގައިގާވެސް ހުންނާނެ އެއް ސިފަ ކަމަށް ޑޫޖީން ބުނެ އެވެ.
ޑޫޖީން ވަނީ މި ފޯނާއެކު މި ފޯނަށް ހާއްސަ އެޕްލިކޭޝަންތަކެއްވެސް ތައާރަފް ކޮށްފަ އެވެ. މި އެޕްލިކޭޝަންތަކަށް އެމީހުން ދީފައިވާ ނަމަކީ ޓޫލް ބޮކްސް އެވެ.
މި ފޯނުގެ ބެޓެރީއަކީ 5580 އެމްއޭއެޗްގެ ބެޓެރީ އެކެވެ. ފޯނުގެ ކެމެރާ އަކީ 21 މެގަޕިކްސެލްގެ ކެމެރާ އެކެވެ. ހިމަނާފައިވަނީ 2.5 ގިގަހަޓްސްގެ ސީޕީޔޫ އެކެވެ. ވަޔަރލެސްކޮށް ޗާޖު ކުރެވެ އެވެ. މި ފޯނު ކުރުގޮތަކަށް ބުނެދޭން އެ ކުންފުނިން ބޭނުންކުރާ ޓެގްލައިނަކީ "ދަ ބީސްޓް ކޭމް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް