އެޕަލްގެ އައު ފޯނު އައިފޯނު 8 އަދި 8 ޕްލަސް އިއްޔެ މިވަނީ ވިއްކަން ފަށާފަ އެވެ. އެހެނަސް މިފަހަރު ތަފާތު ކަމެއް ފާހަގަވާކަން މީޑިއާތަކުން މިވަނީ ރިޕޯޓް ކޮށްފަ އެވެ.
އެއީ އައިފޯނަށް ލޯބިކުރާ ފަރާތްތަކުން އައިފޯނު ގަތުމަށް ކުރީން ދަމާލާ ކިއު ތައް މި ފަހަރު ނުފެންނާތީ އެވެ.
ރޮއިޓަރސް އިން ހާމަކޮށްފައިވާގޮތުގައި އައިފޯނު 8 ގަތުމަށް ސިޑްނީގެ އެޕަލް ސްޓޯރު ކުރިމަތީގައި ތިބީ އެންމެ ތިރީސް މީހުންނެވެ. ކުރީގައި ނަމަ އެތާނގައި އެތައް ސަތޭކަ ބަޔަކު ކިއުގައި ތިބެ އެވެ. ބައެއް މީހުން ދެދުވަސް ތިންދުވަސް ކުރިން ކިއުއަށް އަރަ އެވެ.
އޭބީސީ ސެވެން އިން ރިޕޯޓް ކޮށްފައިވާގޮތުގައި ކެލިފޯނިޔާގެ ޕަސަޑޭނާގައި ހުންނަ އެޕަލް ސްޓޯރު ކުރިމަތީގައި ހަމަ އެކަކުވެސް ނެތެވެ.
https://twitter.com/abc7chelsea/status/911209173051858945
ނަމަވެސް މިއީ ހުރިހާ ސްޓޯރެއްގެ ހާލަތެއް ނޫނެވެ. ނިއުޔޯކްގް ޓްރޭޑް ސެންޓަރުގައި ހުންނަ އެޕަލް ސްޓޯރުގައި ބޮޑު ކިއު އެއް އޮތް ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި ސިންގަޕޫރުގައި ބޮޑު ކިއުއެއް އޮތް ކަމަށްވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
https://twitter.com/SuperSaf/status/911118702782885888
ކޮންމެއަކަސް ކުރީ އަހަރުތަކާ އަޅާބަލާއިރު އައިފޯނު ގަތުމަށް ކިޔު ދަމާލާ ވަރު މިވަނީ އިންތިހާއަށް ދަށްވެފަ އެވެ. ތަޖުރިބާ ކާރުން ބުނާގޮތުގައި މީގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ދާދި އަވަހަށް އައިފޯނު އެކްސް ވިއްކަން ފަށާނެތީ އައިފޯނަށް ލޯބިކުރާ ފަރާތްތަކުން އެކަމަށް ކުރާ އިންތިޒާރެވެ.
https://twitter.com/STcom/status/911024396038373376
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް